Made with Tripod.com

IRUVARU

Home
Page Title
Page Title

ގައުމާއިގެން ކުރިއަށް

Enter main content here

Iruvaru
1__144__139.jpg

ޒުވާނުންގެ ގައުމީ އިނާމު ރޭ ދެއްވައިފި

Friday, 02.03.2007, 11:26am (GMT+5)

މިއަހަރު ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ގިރިޓީގޭ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، ކޮޅުމަޑުލު ހިރިލަންދޫ ތިރިންގަލި އަލްފާޟިލް މުޙަންމަދު ޝާޠިރު، ފާދިއްޕޮޅު ނައިފަރު އަރިސް އަލްފާޟިލް ޝާޒް ސަޢީދު، މާފަންނު ހުރެންދޫ އަލްފާޟިލާ ފާޠިމަތު ޖީހާން ސަލީމް، ގަލޮޅު އިލާ އަލްފާޟިލް އިޙްސާން ޢަބްދުލްޣަނީ އަދި އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރޭވިލާގޭ އަލްފާޟިލް އަޙްމަދު ޝާކިރެވެ.

ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ އިނާމު ލިބިވަޑައިގަތީ، ހައްދުންމަތީ ފޮނަދޫ ޗާނދަނީމާގޭ އަލްމަރްޙޫމް، ލާންސްކޯޕްރަލް ޢަލީ ނާޒިމްގެ ހަނދާނަށާއި، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ދާއިމީހިޔާ 01-12 އަލްފާޟިލާ މުރުޝިދާ މުޙަންމަދަށެވެ.

ޒުވާނުންގެ ޖަމްޢިއްޔާތުތަކުގެ ޤައުމީ އިނާމު ލިބުނީ ވެލިދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީއަށެވެ. މި އިނާމުތައް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން ގެންދާ ޒުވާނުންގެ ދުވަހުގެ ޙަރަކާތްތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކުރިއަށް އެބަދެއެވެ.

Enter supporting content here

Iruvaru, Rep of Maldives, Copyright © 2007 All rights reserved.